ބ. ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތް ކުރުން އެމްޓީ ހޯގާރޑަށް ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިއާ އަހްމަދު ޙަމީދު އެވެ. އެމް.ޓީ. ހޯގާރޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޖޯގަން ފެލްޑްބޯރގް ސްްްްްްްްކާރަޕް އެވެ.
އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީ ހޯގާރޑާއި ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 14.7 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫޢުގެ ދަށުން އެރަށުގެ އިރުމަތީ ފަރާތުގައި 100 މީޓަރުގެ ތިން ބްރޭކްވޯޓަރ އާއި 150 މީޓަރުގެ އެއް ބްރޭކް ވޯޓަރ، ޤާއިމު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ރަށުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތު ގޮނޑުދޮށަށް ފަސް އަޅައި ބީޗް ޕްރޮފައިލް ކުރުން ވެސް މި މަޝްރޫޢުގައި ހިމެނެ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ކުޑަރިކިލުގައި ފާހަގަ ކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.