ޔޫކޭގެ އުފެއްދުމެއް ކަމުގައިވާ "ކްލީންޓުގްލީމް" މަރުކާގެ ގިނަ ޕްރޮޑަކްޓާއި އެޔާ ގުޅުހުންހުރި އެހެނިހެން ތަކެތީ ހެޕީމާކެޓުން ރާއްޖެއަށް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ. މިއީ ބޯޓާއި ޔޮޓާއި ސަފާރީ ފަދަ ބޮޑެތި އުޅަނދުތައް ދޮވެ ސާފުކުރުމަށް ޚާއްސަ އުފެއްދުމެކެވެ. މިއީ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ކްލީންޓުގްލީމް މަރުކާގެ ބާވަތްތަކަކީ ބޯޓް ވޮޝް، ބޯޓް ޕޮލިޝް، ރިބް ކްލީނަރ، ޓީކް ކްލީނަރ، ޓީކް ޝީލްޑް، ކެނޮޕީ ކްލީނަރ، ކެނޮޕީ ޕްރޮޓެކްޓަރ، ކެނޮޕީ ޑުއޯ ޕެކް، ޓީކް ޑުއޯ ޕެކް، ހަލް ކްލޯނަރ އެވެ. އޭގެ އިތުރުން ސްޓެއިންލެސް ސްޓީލް ބްރައިޓްނަރ، ސްޓެއިންލެސް ސްޓީލް ކްލީނަރ، ރަސްޓް ރިމޫވަރ، ބޯޓް ވެކްސް، އިންޓީރިއަރ ކްލީނަރ، ގްލާސް ކްލީނަރ، ޑިއޯޑަރައިޒަރ ހިމެނެއެވެ. އޭގެ އިތުރުން ގްރޭޑް 1، 2، 3 ސްޕޮންޖް، މައިކްރޯ ފައިބަރ ކްލޯތު، ތިން ސައިޒެއްގެ ޕްރޮޑަކްޓް ބޭގް ވެސް ހިމެނެއެވެ.

މި ބާވަތައް މިހާރު ލިބެން ހުންނާނީ ވެލާނާގޭ ކުރިމަތީގައި ހުންނަ ހެޕީމާކެޓު ފިހާރައިންނެވެ. މި އުފެއްދުންތައް ރަސްމީކޮށް އިފްތިތާހު ކުރުން ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި އޮންނާއެވެ. އެ އިވެންޓުގައި މިއުފެއްދުންތައް ބޭނުންކުރާނޭގޮތް ވެސް އެ ހަރަކާތުގެ ތެރެއިން ބުނެދޭނެއެވެ.