ސްޓޭޓް ޓްރޭޑިންގ އޯގނައިޒޭޝަން (އެސްޓީއޯ) އިން އެޑްވާންސް ލައިފް ސަޕޯޓް އެންޑް ކްރިޓިކަލް ކެއަރ ޓްރޭނިންގ ޕްރޮގްރާމް ނިންމާލައިފި އެވެ.

އެސްޓީއޯ އާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ގުޅިގެން ބޭއްވި ޕްރޮގްރާމަކީ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ އެއަރވޭ މެނޭޖްމަންޓް އެންޑް ހީމޯޑައިނަމިކް މޮނިޓަރިންގ، އިމަރޖެންސީ ޓްރޯމަރ ލައިފް ސަޕޯޓް އެންޑް މާސް ކެޝުއަލްޓީ މެނޭޖްމަންޓް އަދި އެޑްވާންސްޑް ކާޑިއޯވެސްކިއުލަރ ލައިފް ސަޕޯޓް އެވެ.

އޭއީއެޗް އާއި ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިކޮށްގެން ބޭއްވި މި ޕްރޮގުރާމަކީ އެސްޓީއޯ އާއި އޭއީއެޗް އިން ސްޕޮންސަރ ކޮށްގެން ކޯޑް ބްލޫގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.