ޗެމްޕިއަން އޮފް ޗެމްޕިއަން ފެތުމުގެ މުބާރާތް މިއަދު ފަށައިފިއެވެ.

މިއީ މި މި ސީރީޒްގެ މުބާރާތްތަކުގެ ފުރަތަމަ މުބާރާތެވެ.

މުބާރާތުން އެއްވަނައަށް ދާ ފެތުންތެރިޔާއަށް “ފެންމުތުގެ” ޝަރަފް އެރުވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެ އިވެންޓެއްގެވެސް ޓޮޕް ފެތުންތެރިންނަށް އިންވައިޓްކޮށްގެން ބޭއްވޭ ޚާއްސަ މުބާރާތެކެވެ.

ހަވީރު ސެމީފައިނަލް ފެތުމަށްފަހު، ރޭގަނޑު ފައިނަލް އިވެންޓްތައް ބާއްވާ މި މުބާރާތަކީ ހުޅުމާލޭ ސްޕޯރޓްސް ކޮމްޕްލެކްސްގައި ބޭއްވޭ ފުރަތަމަ މުބާރާތެވެ.

ރާއްޖޭގެ ޓޮޕް 37 ފެތުންތެރިން ބައިވެރިވާ މި މުބާރާތުގައި ޖުމްލަ 75 އިވެންޓް ފެތުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށް ދާނެއެވެ.