ޕްރޮގްރެސިވް ކޯލިޝަނުންގެ ‘މިނިވަންކަމުގެ ހިނގާލުން’ މިއަދު ފަށައިފި އެވެ.

މިއީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ ހިނގާލުމެއް ކަަމަށް އެ ކޯލިޝަނުން ވަނީ ކުރިންބުނެފަ އެވެ.

ޚާއްސަކޮށް އަވަށްޓެރި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދާތީ، އެކަމުން ރައްޔިތުން ސަލާމަތް ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އެ ކޯލިޝަނުން އަންނަނީ ތަކުރާކޮށް ބުނަމުން ނެވެ.

ޕީޕީއެމް އޮފީސް ދޮރުމަތިން މިއަދު ހަވީރު 4 ޖެހި އިރު، ފެށި މި ހިނގާލުމުގައި އެ ކޯލިޝަންގެ އިސްލީޑަރުންނާއި ގިނަ އަދަދެއްގެ ޢާންމުން ވަނީ ބައިވެރިވެފަ އެވެ.