ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ އާ އިމާރާތް ހުޅުވައިފިއެވެ.

ރޭ ހުޅުމާލޭ ޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.

އަދި މި އިމާރާތުގެ ގޭޓުތައް ހުޅުއްވައިދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ހުޅުމާލޭގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުންދާތީ ޕޯޓް ޓާމިނަލުގެ ޑިމާންޑު އިތުރުވެފައިވާ ކަމަށެވެ. ޕޯޓުން ހިދުމަތް ހޯދާ މީހުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އާ ޓާމިނަލް އިމާރާތް ހެދުމުގައި އެކަމަށް ބަލާފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.