މާލެ އަތޮޅު ތިލަފުށީގައި ހިނގަމުންދާ ކުނިމެނޭޖްކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ މިއަދު ބައްލަވާލައްވައިފިއެވެ.

މިނިސްޓަރު ޝައުނާ ތިލަފުށްޓަށް މިއަދު ވަޑައިގެންނެވިއިރު، ހެލްތް މިނިސްޓަރ އަހުމަދު ނަސީމުވެސް ބައިވެރިވަޑައިގެން މަސައްކަތްތައް ބައްލަވާލެއްވިއެވެ.

ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވާއި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅު ގޮތުގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ގުޅިގެން އެ މިނިސްޓްރީން ވަނީ ފަށާފައެވެ.

މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުން އެރުން ހުއްޓުމަކަށް ގެނެވޭނެ ކަމުގައި އެންވާރަމަންޓް މިނިސންޓްރީން ބުނެއެވެ.