ކުޅުދުއްފުށި ސިޓީން ހަރުފައެއް ފެނިއްޖެ އެވެ.
ގާތް ގަނޑަކަށް ދެ ފޫޓު ހުރި މިހަރުފަ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ ފެނިފައިވަނީ އެ ރަށުގައި ވިއްކަން ގެނެސްފައި ހުރި ލަކުޑިތަކެއް ތެރެއިންނެވެ.
މި ހަރުފަ ފެނިފައިވަނީ ލަކުޑިތައް ޕިކަޕަކަށް އަރުވަނިކޮށްނެވެ. މިއީ ޕައިތަން އާއިލާގެ ހަރުފައެއް ކަމަށް ބެލެވެއެވެ.
ހަރުފަ މިހާރު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.