މާލެ އިން ގެއްލިގެން ހޯދަމުންދިޔަ 33 އަހަރުގެ އަންހެން މީހާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާ މިއަދު ހެނދުނު 8:45 ހާއިރު އަމިއްލަ އަށް ގެއަށް އައިސްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދިޔައީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ. ފުލުހުން ބުނީ ޝިރުމީނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ 10:45 ގައި ކަމަށެވެ. އެ ވަގުތުން ފެށިގެން ޝިރުމީނާ ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ.