އައްޑު ސިޓީން އިތުރު 15 ދިވެހީންނާއި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ އިން 5 މީހުންނާއި މަރަދޫ އިން 5 މީހުންނާއި މަރަދޫފޭދޫ އިން މީހަކާއި ފޭދޫ އިން 2 މީހުންނާއި ހުޅޫދޫ އާއި މީދޫން ކޮންމެ ރަށަކަުން މީހެކެވެ.

މިއާއެކު ހިތަދޫގައި 128 ކޭސް މަރަދޫގައި 38 ކޭސް މަރަދޫފޭދޫގައި 3 އަދި ފޭދޫގައި 33 ކޭސް ވަނީ ފެނިފަ އެވެ. ހުޅުދޫގައި 6 މީދޫގައި 9 ކޭސް ވަނީ ފެނިފަ އެވެ.

އައްޑު ސިޓީން މިހައިތަނަށް 1970 ކޭސް ފެނިފައިވާ އިރު، 1745 މީހުން ވަނީ ރަނގަޅުވެފަ އެވެ. އެ ސިޓީން ކޮވިޑު ބަލީގައި މިހައިތަނަށް ނިޔާވީ 8 މީހުން ނެވެ.