ގަލޮޅު ސްކޫލްގައި މަސައްކަތްކުރާ މަސައްކަތު މީހަކު، އެ ސްކޫލްގެ ދަރިވަރަކަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވޭތީ، އެ ސްކޫލްގެ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑް ކޮށްފިއެވެ.

ގަލޮޅު ސްކޫލްގެ މެނޭޖްމެންޓްގެ ފަރާތުން އެސްކޫލްގެ ބެލެނިވެރިންނަށް އަންގާފައިވާ ގޮތުގައި، އެ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަނީ ވަޒީފާގެ މައްސޫލިޔަތުން އެކަހެރި ކުރެވިފައެވެ.

އަދި ކުދިން ފާހާނާއަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް އެ ސްކޫލުންވަނީ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލްގެ 18 ޕޮއިންޓެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމާފައިވާކަން ވެސް ބެލެނެވެރިންނަށް އަންގާފައެވެ.