މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން ސަސްޕެންޑް ކޮށްފައިވާކަން އެ ބެންކުން ޔަގީންކޮށްދީފި އެވެ.

އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނީ ބޭންކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެމްއައިބީގެ ސީއީއޯ ސަސްޕެންޑު ކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ބޯޑު މީޓިންގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރީ ފައިސާއާ ގުޅުންހުރި މައްސަލައެއްގަ އެވެ.

ބެންކުން ބުނީ ސީއީއޯ ސަސްޕެންޑް ކުރުމާއި ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ސީއޯއޯ އަހުމަދު ރިޒާ ކަމަށެވެ.