ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ މި ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން މި ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހަށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.