ކ. ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ޕާޓިނާ މޯލްޑިވްސްގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ބިދޭސީއަކު މަރުވެފައިވާ ކަމަށް އިއްޔެ މެންދުރު ފަހު 15:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ދިވެހި އިތުރު ދެ ފިރިހެނަކަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންކްރީޓް ބޮލްގައި ތާށިވި މީހާ ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.