މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލާގެ ބައެެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު 08:35 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފަށާފައިވާ ކަމަށެވެ.

ރާއްޖޭގެ މޫސުން މިއަދު ގޯސްވާނެކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ 8 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 12:00 އާއި ހަމައަށެވެ. މިވަގުތު ތަކުގައި މިއަތޮޅުތަކަށް ބޯކޮށް ވާރޭ ބެހުމާއިއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.