ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މަރުވެފައި ވަނީ އުމުރުން 81 އަހަރު ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މަރުވީ މިއަދު ހެނދުނު 7:19 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 244 އަކަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 227 ދިވެހީންނާއި 17 ބިދޭސީންނެވެ.