އެވިޑް ކޮލެޖްގައި މާސްޓަރ އޮފް ރިސަރޗް ސްޓަޑީޒް ކޯސްވެސް ޖެނިއަރީ އިންޓޭކްގައި ފަށަން ހަމަޖެހިއްޖެއެވެ.
އެވިޑް ކޮލެޖްގެ މާސްޓަރ އޮފް ރިސަރޗް ސްޓަޑީޒް ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ބަލައިފާސްކޮށް ހިންގުމުގެ ހުއްދަ ދީފައިވާ ކޯހެކެވެ. އެހެންކަމުން މިއަންނަ އަހަރުގެ ޖެނުއަރީމަހު އެވިޑްއެކޮލެޖްގައި އެ ކޯސް ފަށާނެކަމަށް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވަނީ ހާމަކުރައްވާފައެވެ. މިކޯހަކީވެސް އެވިޑް ކޮލެޖްގައި މުޅިން އަލަށް ފަށާ ކޯހެކެވެ.
މިއަންނަ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން އެވިޑް ކޮލެޖްގައި މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތުގައި ޗެއަރމަން މުސްތާޤް ވިދާޅުވީ މާސްޓަރ އޮފް ރިސަރޗް ސްޓަޑީޒް ކޯހަކީ ތިން ސެމެސްޓަރ ނުވަތަ އެއްއަހަރުދުވަހުގެ މުއްދަތަށް ހިންގޭ ކޯހެއްކަމަށެވެ. އެކޯހުގައި ސެމިނަރ އަކާއި ޑިސަރޓޭޝަނެއް ހިމެނޭގޮތަށް ޖުމުލަ 8 މޮޑިއުލް ހިމަނާފައިވާނެ ކަމުގައެވެ. އެއިން ކޮންމެ މޮޑިއުލަކީވެސް ރިސަރޗް ހެދުމަށް ޝަޢުޤުވެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ބޭނުންތެރި ފައިދާކުރަނިވި މަޢުލޫމާތުތަކެއް އެކުލެވިގެންވާ މޮޑިއުލެކެވެ. ކޯހުގައި ހިމެނޭ މޮޑިއުލްތަކުގެ ތެރޭގައި ކޮންޓިޓޭޓިވް ރިސަރޗް މެތަޑްސް އާއި ކޮލިޓޭޓިވް ރިސަރޗް މެތަޑްސް ގެ އިތުރުން ސްޓެޓިސްޓިކްސް އާއި އިންފޮރމޭޝަން ޓެކްނޮލޮޖީ ފޯރ ރިސަރޗް ފަދަ މުހިންމު މޮޑިލްތައްވެސް ހިމެނެއެވެ.
އެވިޑް ކޮލެޖްގެ އެހެން ކޯސްތަކެކޭ އެއްފަދައިން މާސްޓަރ އޮފް ރިސަރޗް ސްޓަޑީޒް ކޯހަކީވެސް ދަރިވަރުންނަށް އަތްފޯރާފަދަ އަގެއްގައި ހިންގާ ކޯހެކެވ.ެ ކޯހުގައި ކިޔަވައިދޭނީ ފެންވަރު ރަނގަޅު ލެކްޗަރާއިންނެވެ. ކިޔަވައިދެއްވާ ބޭފުޅުންނަކީ ދާއިރާއިން ޕީއެޗްޑީ ހާޞިލްކުރައްވާފައިވާ ބޭފުޅުން ނުވަތަ މާސްޓަރސް ކޮލިފިކޭޝަން އާއެކު ގިނަދުވަސްތަކެއްވަންދެން ފީލްޑްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނެވެ.