ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރީގައި ހިންގާ ކާސާ މިއާ ގެސްޓްހައުސްގައި މީހަކު ރަހީނުކޮށް އަނިޔާކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މަތިވެރީ ހޮޓަލެއްގައި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.