ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެކަމަށް މުސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް ފޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 3 ދުވަހު ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކުރިއަށް އޮތް 3 ދުވަހު ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކޮށްފައިވަނީ، ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުންނެވެ.