ރާއްޖޭގެ ބައެއް ސަރަހައްދަށް ޔެލޯ އެލަރޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލަރޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ.

އެ އޮފީހުން ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރިމިނެއްގާ ވައި ޖެހޭނެކަަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

އެެހެންވެ، މޫސުމަށް ބަލައިގެން ކަނޑުދަތުރުފަތުރު ރޭވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.

މެޓް އޮފީހުން މިހެން އެދިފައިވާ އިރު، އެމްއެންޑީއެފް އިން ވެސް ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވެ، މޫސުމާއިބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.