މަރުވެފައިއޮތް ބޮޑު މަހެއް އައްޑޫ ސިޓީ ހިތަދޫއަށް ލައްގައިފިއެވެ.

ބޮދު މިނުގައި ސާޅީހަކަށް ފޫޓު ހުރި މި މަސް ލައްގާފައިވަނީ އައްޑޫސިޓީ ހިތަދޫގެ ހުޅަނގު ފަރާތު ނޭޗާރޕާކާ ދިމާ ފުއްޓަރަށެވެ.

މި މަސް މިއަދު 10:40 ހާއިރު ހިތަދޫ ފަރުމައްޗަށް ލައްގާފައިވާއިރު، މަސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.