ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ދުބާއީއަށް ފުރާވަޑައިގެންފި އެވެ.

ޔުނައިޓެޑް އަރަބް އިމިރޭޓްސް (ޔޫއޭއީ)ގެ ޗީފް އޮފް ސްޓާފް އޮފް ދަ އާމްޑް ފޯސަސް ލެފްޓިނަންޓް ޖެނެރަލް ހަމަދު މުޙައްމަދު ޘާނީ އަލްރުމައިތީގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ ދުބާއީ އެއަރ ޝޯވ 2021 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދުބާއީ އެއަރ ޝޯވ ބޭއްވުމަށް ނިންމާފައިވަނީ މި ނޮވެންބަރު މަހުގެ 14 އިން 18 އަށެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕާރސަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނަންޓް ކާނަލް މުޙައްމަދު ފިރުދައުސްއާއި ބިޔުރޯ އޮފް ޗީފް އޮފް ޑިފެންސް ފޯސްގެ ސްޓާފް އޮފިސަރ، މޭޖަރ މުޙައްމަދު ޝިނާން ބައިވެރިވެވަޑައިގެންނެވި އެވެ.