ހއ. އަތޮޅުން ދ. އަތޮޅަށް މިރޭވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ އާންމުކޮށް ވައި ޖެހޭނީ 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް އެ ސަރަހައްދުގެ ރަށްތަކަށް ވައިގަދަވާނެ ކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް އިއްޔެއިން ފެށިގެން ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓު ނެރެފައިވާ އިރު، މިއަދު ވެސް ވަނީ އެ އެލަރޓު ދަމަހައްޓާފަ އެވެ. އަދި ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވަނީ އެލަރޓް ނެރެފަ އެވެ.