އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލްކޮށްފިއެވެ.

10 ނޮވެމްބަރ 2021ގައި ބޭއްވުނު އިފްސާ އެވޯޑު ހަފުލާގައި އަޔާދީ ތަކާފުލްއިން ވަނީ ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔަރ ކެޓަގަރީއިން ގޯލްޑް އެވޯޑް ހާސިލްކޮށްފައެވެ.

ސްރީލަންކާެގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ އެވޯޑް ހަފުލާއަކީ ސައުތު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ހިދުމަތްދިނުމުގައި މުޖްތަމައުއަށް ފައިދާ ކުރުވަނިިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.

އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލްއިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑު އުފުލާލާފައެވެ. އެގޮތުން 2017 ވަނަ އަހަރު ހައްޖު އަދި އުމްރާ ތަކާފުލް އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔަރ" އާއި ހިދުމަތުގެ އަގުވަޒަންކޮށް އެއަހަރު ލިބިފައިވާ ސިލްވަރ އެވޯޑު އަދި 2018، 2019، އަދި 2020 ވަނަ އަހަރު ތަކާފުލް ވިންޑޯ ނުވަަތަ ޔުނިޓް އޮފް ދަ އިޔަރއިން ލިބިފައިވާ ގޯލްޑް އެވޯޑު ފާހަގަކޮށްލެވެއެވެ.