މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ތައްޔާރުކޮށް ނެރޭ 2022 ވަނަ އަހަރުގެ ކަލަންޑަރު ވިއްކަން ފަށައިފިއެވެ.

ރަސްމީ ބަންދު ދުވަސްތަކާއި ނަމާދު ވަޤުތުތައް ހިމެނޭގޮތަށް ހަދާފައިވާ މި ކަލަންޑަރު، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް މިނިސްޓްރީގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެވެ.

ކަލަންޑަރަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަނޑޭރިޕޭ މެދުވެރިކޮށެވެ. ވޯލް ލަންޑަރެއްގެ އަގަކީ -/ 25 ރ އަދި ޑެސްކް ކަލަންޑަރެއްގެ އަގަކީ -/55ރ އެވެ.