ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްއުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ

މިގޮތުން ހުދު ސަމާލު ނެރެފައި ވަނީ ހއ އަތޮޅުންފެށިގެން ފ އަތޮޅުގެ ސަރަހައްދަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި މިއަދު ހެނދުނު 10:00 ން ފެށިގެން މިއަދު މެންދުރު ފަހު 3:00 ޖެހުމާ ހަމައަށް އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދީފައަވެއެވެ.

މީގެއިތުރުން އާންމު ގޮތެއްގައި ރާއްޖޭގެ ކަނޑުތައްގަދަވާނެތީ ހުރިހާ ފަރާތްތަކުން، ވަކިން ޚާއްސަކޮށްކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.