ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ދެ ސައިކަލެއް ޖެހި މާބަނޑު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ބްރިޖް މަތިން އެއަރޕޯޓަށް ދެވޭ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން، މާލެއާ ވީ ކޮޅަށް ދުއްވާފައި އައި ދެ ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 12:10 ހާއިރު ކަމަށް ވެސް ފުުހުން ބުނެއެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާގެ އެ ސައިކަލުގެ ފަހަތުގައި އިނީ އުމުރުން 18 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވީ ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ދެމީހުން ތިބި ސައިކަލުގެ ކުރީ ފުރޮޅު ފަޅައިގެން ދިއުމުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި އެކްސިޑެންޓުގައި ޖެހުނު އަނެއް ސައިކަލު ދުއްވަން އިން މީހާއަކީ ލައިސަންސް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުނެ އެވެ.