ޕާކިސްތާންގެ ހެކަރުންތަކެއް އަފްޣާނިސްތާންގެ ކުރީ ސަރުކާރުގެ މަސްއޫލުވެރިންގެ މައްޗަށް ޖާސޫސްކުރިކަމަށް ފޭސްބުކުއިން ބުނެފިއެވެ. ފޭސްބުކްއިން ކުރިމަތިކުރާ ނުރައްކާތައް އިންވެސްޓިގޭޓް ކުރުމަށް ހިންގާ ތަހްގީގަށް ފަހު ނެރެފައިވާ ބަޔާން ވަނީ ޕާކިސްތާންގެ ޑޯން ނޫހުން ރިޕޯޓް ކޮށްފައެވެ.

ޑޯން އިން ބުނިގޮތުގައި ސައިޑްކޮޕީ އިން ވަނީ ކުރީ ސަރުކާރުގެ މަސްއޫލުވެރިންގެ ޑިވައިސްތަކަށް ޖާސޫސް ކުރުމުގެ ގޮތުން އެމީހުން ވަދެ އުޅޭ ވެބްސައިޓްތަކާއި އެމީހުންގެ ފޭސްބުކް ހެކް ކުރުމަށް ލިންކްތައް އިންދާފައެވެ.

މި ހަމަލަތައް އަމާޒުކޮށްފައި ވަނީ އަޝްރަފް ޣަނީގެ ސަރުކާރާ ގުޅުން ހުރި މަސްއޫލުވެރިންނަށެވެ. އަދި ޕާކިސްތާންގެ ހެކަރުން މިކަން ކޮށްފައި ވަނީ ތާލިބާނުން ވެރިކަމަށް އަންނަން އުޅުނު ދަނޑިވަޅުގައެވެ.

ފޭސްބުކް އިން ބުނިގޮތުގައި އެކުންފުނިން ވަނީ އޯގަސްޓް މަހު ސައިޑް ކޮޕީ ފޭސްބުކްއިން ނަގާފައެވެ. އެފްބީން ބުނިގޮތުގައި ހެކަރުން މިކަން ކޮށްފައިވަނީ ޒުވާން އަންހެންކުދިންތަކަކަށް ވެގެން އިޝްގީގޮތުން މީހުން އަތު އަޅުވާލުމަށް މަސައްކަތް ކޮށްގެންނެވެ.