އެސްޓީއޯއިން އޮތަރައިޒްޑް ޑިސްޓިބިއުޓަރގެ ގޮތުގައި އެތެރެކޮށް ވިއްކަމުންދާ "ކޯނޭ" ލިފްޓު ގަންނަ ފަރާތްތަކަށް ހިލޭ ލިފްޓު އިންސްޓޯލް ކޮށްދޭ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި މިއަދު ފެށިގެންދާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2021" މެދުވެރިކޮށެވެ.

"ލިވިންގް އެކްސްޕޯ"ގައި ބެހެއްޓިފައި ހުރި އެސްޓީއޯގެ ސްޓޯލްއަށް ޒިޔާރަތް ކޮށް ލިފްޓް އޯޑަރު ކުރާ ފަރާތްތަކަށް ލިފްޓުގެ އިންސްޓޮލޭޝަން ފީ އުނިކޮށް، އެމަސައްކަތް ހިލޭ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ލިފްޓް ގަންނަން ބޭނުންވާ ފަރާތްތަކުން ބޭނުންވާގޮތަށް ވަގުތުން ލިފްޓް ޑިޒައިން ކޮށްލުމުގެ އިންތިޒާމުވެސް އެސް.ޓީ.އޯގެ ސްޓޯލްގައި ވަނީ ހަމަޖެހިފައިއެވެ. އަދި ލިފްޓު ބޭނުންވާ ޑިޒައިން އަށް ފަރުމާކުރުމަށްފަހު ލިފްޓުގެ މޮޑެލް ބަލާލުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައިއެވެ.

ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކިފަހަރު މަތިން ލިބިފައިއެވެ. އެސް.ޓީ.އޯއިން ދާދި ފަހުން ވަނީ ކޯނޭގެ ޓަޗްލަސް ސިގްނަލައިޒޭޝަންވެސް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފައިއެވެ. އަދި މިއީ މާކެޓްގައި މިހާރު ކަސްޓަމަރުންގެ އިތުބާރު އެންމެ ބޮޑަށް ލިބިފައިވާ އެއް ލިފްޓު ކަމުގައި މިކުންފުނިން އުފަލާއެކު ފާހަގަކުރަމެވެ.