މަޝްހޫރު ލަވަ ކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ ހަސަން މިއަދު އަވަހާރަވެއްޖެއެވެ.
އަބްދުﷲ އަވަހާރަވީ 17 އަހަރެއްހާ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ހޮޅުދޫ ޢަބްދުﷲ އަކީ ތަފާތު ލަވަތައް ކިޔުއްވައި އާންމުންގެ ކުރިމަތީގައި މަޤްބޫލު ލަވަކިޔުންތެރިއެއްގެ މަޤާމު ހޯއްދަވާފައިވެއެވެ. އޭނާ ކިޔުއްވާފައިވާ ޤައުމީ ލަވަތަކުގެ ތެރޭގައި “އޯވަޒަން”، “ވަޠަން އެދޭގޮތަށް”، “ޖޯޝޭ ގެނައިމީ ޤައުމީ އުފާ”، ފަދަ ލަވަތައް ހިމެނެއެވެ.
ދިވެހިންގެ މެދުގައި އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނު އިހުގެ ވަރަށް ގިނަ މަދަހަތަކުގެ އަޑުގެ ވެރިއަކީވެސް އަބްދުﷲ އެވެ.