ސާރބިއާގައި ޗައިނާގެ ފެކްޓްރީއެއްގައި މަސައްކަތް ކުރާ ވިއެޓްނާމު މީހުން ސާރބިއާ ސަރުކާރުގެ އެހީއަށް އެދެފިއެވެ. އސެސޯސިއޭޓެޑް ޕްރެސްއާ ހަވާލާދީ ކްރޯން އިން ބުނިގޮތުގައި ޗައިނާއިން އުފައްދާ ކާރު ފެކްޓްރީއެއް ބިނާ ކުރުމަށް ގެންގޮސްފައިވާ މިމީހުން ބައިތިއްބާފައިވަނީ ޖިފުޓިތަކެއްގައެވެ. އެތާގައި އެންމެ ގަދަ ފިނީގައި ހޫނު ކޮށްލެވޭނެ ގޮތެއްވެސް ނެތެވެ.

ޝާންޑޯންގލިންގލޮންޓް ޓަޔަރ ފެކްޓްރީން އަޅަނީ މާ ސިންގާ ފެކްޓްރިއެކެވެ. މި ފެކްޓްރީއަށް ބޭނުންވާ މަސައްކަތު މީހުންގެ ތެރޭން 500 މީހުން ގެންގޮސްފައި ވަނީ ވިއެޓްނާމުންނެވެ.

ސާރބިއާއަކީ ބޯލްކަން ސަރަހައްދުގައި ޗައިނާއިން ނުފޫޒު ފެތުރމަށްޓަކައި ރަހުމަތްތެރިކަން ބަދަހިކޮށްފައިވާ ގައުމެކެވެ. ސަރބިއާއިން ބުނާ ގޮތުގައި ދެ ފަރާތުގެ ގުޅުމަކީ ސްޓްރެޓިޖިކް ގުޅުމެކެވެ. މި ފެކްޓްރީގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންވާނެ ކަމަށްވެސް ތިމާވެށްޓާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ސާބިއާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މިމީހުންގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނަސްފައެވެ. އެފަރާތުން ސިފަ ކުރާ ގޮތުގައި ވިއެޓްނާމް މީހުންނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ.

މިމީހުންގެ އަތުގައި ކާކުކަން އަންގައިދޭ ޑޮކިއުމެންޓެއްވެސް ނެތެވެ. ޕާސްޕޯޓާއި އެހެނިހެން ލިޔުންތައް ވަނީ ފެކްޓްރީގައި އިސްވެ ހުންނަ ޗައިނާ މީހާ އަތުލާފައެވެ.