ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ޗައިނާއާއި ރަޝިޔާގެ މަތިންދާބޯޓުތަކުން ވަނުމުން ކުއްލި ގޮތަކަށް ދެކުނު ކޮރެއާއިން އަސްކަރީ މަތިންދާބޯޓުތައް ރުކުރުވާލައި މި ބޯޓުތައް ފައްސާލައިފިއެވެ.

ދެކުނު ކޮރެއާ ސިފައިން ބުނިގޮތުގައި މި ދެ ގައުމުގެ މަތިންދާ ބޯޓުތައް ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދުގެ ތެރޭގައި 10 މިނެޓްވަންދެން އުޅުނެވެ.

ދެކުނު ކޮރެއާއިން އެފް15އާއި އެފް16ގެ ބޯޓުތައް އުދުއްސާލީ، ޗައިނާއާއި ރަޝިޔާއިން ބާއްވާފައިވާ އަސްކަރީ ތަމްރީންތަކެއްގައި ދެކުނު ކޮރެއާގެ އިރުމަތީ ސަރަހައްދުން ވައިގެ ދިފާއީ ސަރަހައްދަށް ވަނުމުންނެވެ.

2019ގައިވެސް ރފަޝިޔާގެ މަތިންދާބޯޓުތަކުން ރަޝިޔާގެ ވައިގެ ދިފާއީ ސަރަހައްދަށް ވަދެފައި ވެއެވެ. ދެކުނު ކޮރެއާއިން ވަނީ 400 ފަހަރަށް ބަޑި ޖަހައިގެން މި ބޯޓްތައް ފައްސާލާފައެވެ. ދެކުނު ކޮރެއާގެ ވައިގެ ދިފާއީ ސަރަހައދަކީ ޗައިނާއާއި ރަޝިޔާއިން ގަބޫލުކުރާ ސަރަހައްދެއް ނޫނެވެ. ދޭތެރޭ ދޭތެރޭން ޗައިނާއިން ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ބާރުދެއްކުމަށް ވަދެ ހަދައެވެ.