އަފްޣާނިސްތާންގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާގެ ދިފާއީ ވަޒީއު ލުއޭޑް އޮސްޓިން ވިދާޅުވިގޮތުގައި އަފްޣާނިސްތާންގައި އެމެރިކާއިން ހަރަކާތްތެރިވާނީ އުދަރެހުގައެވެ. އަފްޣާނިސސްތާންގައި އެމެރިކާ ސިފައިންނެއް ނެތެވެ.

މަނާމާ ޑައެލޮގްގައި ވާހަކަ ދައްކަވަމުން އޮސްޓިން ވިދާޅުވީ، އެމެރިކާއިން މަސައްކަތް ކުރާނީ އަލްގައިދާއާ ދެކޮޅަށެވެ. އަދި މަޒްހަނބީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާ އައިސިސްއާ ދެކޮޅަށެވެ.

ތާލިބާނުން ވަނީ މި ވާހަކައަށް ރައްދު ދީފައެވެ. ތާލިބާނުގެ ތަރުޖަމާނަކު ބުނެފައި ވަނީ އަފްޣާނިސްތާންގައި ބޭރު ބަޔަކު ނެތް ކަމަށާއި އެމެރިކާއިން އަފްޣާނިސްތާނާ ބެހިގެން ނުވާނެ ކަމަށެވެ. އަދި ބޭރު ގައުމުތަކުން އަފްޣާނިސްތާނަށް އަންނަނީ އެމީހުންގެ އަމިއްލަ އެދުމާ ހެދިކަމަށްވެސް އޭނާ ބުންޏެވެ.