ޕާކިސްތާނުން ސްކޯލާޝިޕް ދީފައިވާ އަފްޣާން ކިޔަވާ ކުދިންނަށް ވިސާ ނުދިނުމުން ކާބުލްގައި ޕާކިސްތާން އެމްބަސީ ކުރިމަތީގައި އެމީހުން މުޒާހަރާ ކޮށްފިއެވެ. އެމީހުން ހިފައިގެން ތިބި ބޯޑުތަކުގައި ލިޔެފައި ވަނީ ސިޔާސީ ކަންކަމާ އަހަރަމެންނާ ގުޅުމެއް ނެތެވެ. އަހަރަމެންނަށް ވިސާ ދޭށެވެ. މިފަދައިންނެވެ.

މި ދަރިވަރުން ބުނާ ގޮތުން 40 ދުވަސް ކުރިން ޔުނިވަރސިޓީ ލެކްޗާތައް ވަނީ ފެށިފައެވެ. ނަމަވެސް އެމީހުންނަށް ޕާކިސްތާނަށް ވަނުމަށް ހުއްދަ އެއް ނުދެއެވެ.

މިކުދިންނަނީ ފަސްޓް ޑިގްރީއާއި މާސްޓާޒްއާ ޕީއެޗްޑީއަށް ކިޔެވުމަށް އައްލާމާ އިގްބާލް ޔުނިވަރސިޓީން ފުރުސަތު ލިބިފައިވާ ކުދިންނެވެ.

ތުލޫއު ނިއުސްއިން ބުނިގޮތުގައި ޕާކިސްތާން އެމްބަސީން މިއަށް ޖަވާބެއް ނުދެއެވެ.