އދ. އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

ޝާހިދު ވިދާޅުވީ ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ޝާހިދު ޗައިނާ އަށް ވަޑައިގަންނަވަނީ ތިން ދުވަހުގެ ދަތުރުފުޅެއްގަ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މަޝްވަރާ ކުރައްވާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ ކޮވިޑް 19 އިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކުގެ އިތުރުން އދ. އަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތަކެވެ.