މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖް އެޅުމަށް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން އިތުރު 15 މިލިއަން ޑޮލަރު ދީފިއެވެ.

މި ގްރާންޓް ދީފައިވަނީ ބުރިޖުގެ މަސައްކަތް ފެށުން އަަވަސް ކުރުމުގެ ގޮތުން އެ މަސައްކަތަކަށް ބޭނުންވާ މީހުނާ ތަކެތި ގެނައުމަށެވެ.

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާގޮތަށް އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑާއި އެކު ސޮއިކޮށްފައިވަނީ އޮގަސްޓް 26 ވަނަ ދުވަހުއެވެ.

ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެވިގެންދާއިރު، 100 މިލިޔަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓަށް ވެގެންދާނެއެވެ.