ޗައިނާ މީހުން ދަރި މައިވާ އަދަދު ބޮޑުތަނުން ދަށްވެއްޖެއެވެ. އެންމެ ފަހުން ހާމަ ކޮށްފައިވާ ޗައިނާ ސަރުކާރުގެ ތަފާސްހިސާބުން އެނގެނީ، 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވިހާ ރޭޓް ދަށްވެފައިވާ ކަމަށެވެ.

2020ގައި ޗައިނާގެ ކޮންމެ ހާސް މީހަކަށް ވިހާ ރޭޓް އުޅެނީ 8.52 ގައެވެ. 2019 ގައި މިއަދަދު އުޅުނީ 10.41 ގައެވެ. މިއީ ފުރަތަމަ ފަހަރަށް 40 އަހަރުގެ ތެރޭގައި ވިހާ ރޭޓް މިހާ ބޮޑަށް ދަށްވެގެން ދިޔަ ފަހަރެވެ.

2020ގައި ޗައިނާގައި ވިހާފައި ވަނީ 12 މިލިއަން ކުދިންނެވެ. ޗައިނާގައި ދަރި މައިވާ އުމުރުގެ މީހެއްގެ އެވަރެޖް އަންދާސާ ކޮށްފައިވަނީ 1.3 ކުދިންގެ ނިސްބަތުންނެވެ.