ޕާކިސްތާނަށް ގޭހުގެ ދަތިކަމެއް ދިމާވެފައިވާ ކަމަށާއި އެކަމަކީ ދުރާލައިގެން ސަރުކާރަށް ގެސް ނުގަނެވިގެން ދިމާވެގެން އުޅޭ ކަމެއްކަމަށް ޕާކިސްތާންގެ މާލީ ވަޒީރު ޝައުކަރު ތާރީން ހާމަ ކުރައްވައެވެ. އޭނާ ވިދާޅުވީ މިހާރު ދިމާވެފައިވާ ގޭހުގެ ތަދުކަން ފިލުވާލުމަށްޓަކައި ސަރުކާރުން ދަނީ ބޮޑު އަގުގައި ގޭސް ގަންނަމުންނެވެ.

ތާރީން ވިދާޅުވިގޮތުގައި ކުރިން ޕާކިސްތާނުން 12 އާއި 13 ބިލިއަން ޑޮލަރު ގެސް ގަތުމަށް ހޭދަ ކުރިއިރު މިހާރު މިއަދަދު ވަނީ 20 ބިލިއަން ޑޮލަރަށް އަރައިގެން ގޮސްފައެވެ.

ޕާކިސްތާނުން ވަނީ އައު ދެ ގޭސް ވަޅު ހޯދައިގެންފައެވެ. ނަމަވެސް ތާރީން ވިދާޅުވީ މިތަންތަނުން ގޭސް ނެގުމަށް ބޭނުންވާ ސާމާނު ގަންނަން ޖެހޭނެ ކަމަށާއި އެކަމަށްޓަކައިވެސް މާލީ ދަތިތަކެއް އުޅޭ ކަމަށެވެ.