ތާލިބާންގެ ވެރިކަމުގައި އަފްޣާނިސްތާންގައި އުނގެނުމުގައި އުޅޭ ކުދިންގެ އަދަދު ދަށްވެއްޖެއެވެ. އަފްޣާނިސްތާންގައި ސްކޫލަށް ނުދާ ކުދިންގެ އަދަދަކީ ހަތަރު މިލިއަން އެވެ. މިއިން ގިނަ ބަޔަކީ އަންހެން ކުދިންނެވެ. ޔުނިސެފުން ބުނިގޮތުގައި ދޮޅު ލައްކައެއްހާ ކުދިންނަށް ކިޔަވައި ދިނުމަށް މިދިޔަ ތިން މަހު ޔުނިސެފުން ހޭދަކޮށްފައި ވާނެއެވެ.

އަފްޣާން ތުލޫޢު ނިއުސްއިން ބުނިގޮތުގައި ތުރުކީ ވިލާތުން އަފްޣާނިސްތާންގައި ހިންގާ ސްކޫލުތަކުން ވަނީ އެސްކޫލުތަކަށް ވަންނަން ބޭނުންވާ ކުދިންނަށް ޓެސްޓެއް ދީފައެވެ.

މި އިންތިހާނުގައި 3500 ކުދިން ބައިވެރިވިއެވެ. އެކަމަކު ފާސްވީ 1000 ކުދިންނެވެ.