ގދ.މާވާރުލާއި، ގައްދޫއާ ދެމެދު އޮންނަ ފަޅުރަށަކަށް ދިޔަ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ.

އެ ދެ މީހުން އެރަށަށް ގޮސްފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު ޑިންގީއެއްގައެވެ. އެ މީހުން ގެއްލުނު ކަމުގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 10:03 ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ގެއްލިފައިވަނީ ގައްދޫ ޗިޗަންޑާގޭ އަބްދުއްރަހީމް (79 އަހަރު) އާއި އެރަށު ޗަނބޭލީގޭ ހަސަން މަޖުދީ އެވެ. އޭނާގެ އުމުރަކީ 25 އަހަރެވެ.