ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދެ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، ރޭ ދަންވަރު 02:00 ގައި، ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު އަދި މިއަދު ހެނދުނު 10:42 ގައި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެފައިވާކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 250 އަށް އަރާފައެވެ.