އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް އިތުރު 20 އެމްބިއުލާންސް މިއަދު މާލެ ގެނެސްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި 20 ރަށަކަށް އެމްބިއުލަންސް ވަނީ ފޮނުވާފައެވެ.

ސަރުކާރުން މިހާރު ދަނީ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނަކުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެގޮތް ހަދަން ތައްޔާރުވަމުންނެވެ.