ކޮވިޑު ޖެހިގެން ރާއްޖެއިން މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑުގައި ރާއްޖެއިން މިއަދު ނިޔާވީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެމީހާއަކީ ޏ. ކޮވިޑު މެނޭޖްމަންޓް ފެސިލިޓީގައި އެނދުމަތިކޮށްގެން ފަރުވާދެމުންދިޔަ މީހެއް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއީ ރާއްޖޭގައި ކޮވިޑުގެ 251 ވަނަ މަރެވެ.