އައްޑޫސިޓީގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 246 ތިރި ވެއްޖެއެވެ، މިއަދަދު އިއްޔެހުރީ 265 ގައެވެ. މިއަދަދު 246 އަށް ތިރިވީ އިތުރު 28 މީހަކު ބަލީން ފަސޭހަވެގެން ދޫކޮށްލުމުންނެވެ.

މިހާތަނަށް އައްޑޫސީޓީން މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 2809 އެވެ. އޭގެތެރެއިން ފަސޭހަވެފައިވާ މީހުންގެ ޖުމްލައަކީ 2553 އެވެ.

އައްޑޫ ސިޓީން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ. އެއީ ބިދޭސީއަކާއި 10 ދިވެއްސެކެވެ. މި އެންމެންވެސް ޕޮޒިޓިވް ވެފައިވަނީ ހިތަދޫއިންނެވެ.

އެކްޓިވް ކޭސްތަކަށް ބަލާއިރު މިވަގުތު ހިތަދޫގައި ތިބީ 172 މީހެކެވެ. މަރަދޫގައި ތިބީ 31 މީހެކެވެ. މަރަދޫފޭދޫގައި 4 މީހެކެވެ. ފޭދޫގައި 10 މީހެކެވެ. ހުޅުދޫގައި 8 މީހެކެވެ. މީދޫގައި 19 މީހެކެވެ. ގަމުގައި 2 މީހެކެވެ.

މިބަލީގައި މިހާތަނަށް އައްޑޫން ވަނީ 10 މީހަކު ނިޔާވެފައެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އައްޑޫގައި މިހާރު ތިބީ 161 މީހެކެވެ.