ޖަޕާނުން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަދު މިނިސްޓަރު އިބްރާހިމް އަމީރު ޔޫއެސްޑީގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމެންޓްއެއްގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއިއެކު ސޮއި ކުރައްވާފައިވާ ކަމަށެވެ.

އޭޑީބީން ފޯރުކޮށްދެނީ ޖުމްލަ ދެ މިލިއަން ފަންސާސްހާސް ޑޮލަރުގެ އެހީއެވެ. މި އެއްބަސްވުމުގެ ދަށުންދޭ އެހީގެ ތެރެއިން 50،000 ޑޮލަރު ފިޔަވާ ބާކީ ހުރިހާ އެހީތެރިކަމެއް ދެނީ ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަންގެ ހިލޭ އެހީގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން ގައިންގަޔަށް އަރާ ބަލިތަކާއި، ޢާލަމީ ވަބާތަކާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.