އަފްޣާނިސްތާނަށް އދގައި ކަނޑައަޅާފައިވާ ގޮނޑި ތާލިބާނަށް ދިނުމަށް އދން އިންކާރު ކޮށްފިއެވެ. ބުދަ ދުވަހު ޔޫއެން އެކްރެޑިޓޭޝަން ކޮމިޓީން ބާއްވާފައިވާ ބައްދަލުވުމެއްގައި ނިންމާފައި ވަނީ އަފްޣާނިސްތާން ތަމްސީލު ކުރާ ފަރާތަކީ ތާލިބާން ކަމުގައި އަދި ބަލައި ނުގަތުމަށެވެ.

ތާލިބާނަކީ އެއްވެސް ޝަރުއީ ހަމައަކާ ނުލައި އަފްޣާނިސްތާންގެ ވެރިކަމަށް އައިސްފައިވާ ޓެރރިސްޓް ޖަމާއަތެއްކަމަށް ގިންތިކޮށްފައިވާ ޖަމާއަތެކެވެ. މިވަގުތު ދުނިޔޭގެ ގައުމުތަކުގެ ތެރޭން ގާނޫނުއަސާސީއަކާ ނުލައި ނުވަތަ ގާނޫނުއަސާސީގެ މަސްދަރެއްކަމަށް ބެލެވޭނެ އެއްވެސް އަސާސަކާ ހަވާލާ ނުދީ ވެރިކަން ހިންގަމުން ގެންދާ ހަމައެކަނި ގައުމަކީ އަފްޣާނިސްތާނެވެ.