ކޮވިޑް-19 ބަލީގައި އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 7:10 ގައި ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި އެ އުމުރުން 93 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

އޭގެ ފަހުން މިއަދު ހެނދުނު 8:28 ގައި މަރުވެފައިވަނީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މަރަކީ އުތުރުގެ ތުރާކުނުން ރިޕޯޓްކުރި މަރެވެ.

މިއީ ރާއްޖޭގެ 253 ވަނަ ކޮވިޑް މަރެވެ.