ޕާކިސްތާންގެ ގަވަދާރުގައި މުޒާހަރާ ކުރާ މީހުންގެ އަދަދު އިތުރު ވުމާ ގުޅިގެން ފުލުހުން ވަނީ ފޯރިމެރުން އިތުރު ކޮށްފައެވެ. ބަލޯޗިސްތާން ސަރުކާރުން ވަނީ އިތުރު 5500 ފުލުހުން ގަވަދާރަށް ފޮނުވާފައެވެ.

ދެ ހަފްތާ ވަންދެން ގަވަދާރުގައި ކުރަމުންދާ މުޒާހަރާތައް އަދިވެސް އުލެނީ ސުލްހަވެރިކޮށެވެ. ބަލޯޗިސްތާންގެ ޕްލޭނިންގ މިނިސްޓަރ ވަނީ މި މުޒާހަރާތަކުގައި އިސްވެ ހަރަކާތްތެރިވާ ދަންނަބޭކަލުންނާ މަޝްވަރާ ކުރައްވާފައެވެ.

ބަލޯޗިސްތާން މީހުންގެ ޝަކުވާއަކީ ދެ އަހަރު ވަންދެން ހިންގާން ފަށާފައިވާ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއިން އެމީހުންގެ ދިރިއުޅުމަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ނިވަލުގައި ޗައިނާއިން ބަލޯޗިސްތާންގެ މުއްސަނދިކަން ފޭރިގަންނަ ކަމަށެވެ. ގަވަދާރު މީހުން ބުނަނީ އެމީހުންނަކީ މަސްވެރިކަމަށް ބަރޯސާ ކުރާ ބައެއްކަމުން ޗައިނާގެ މަސްވެރި އުޅަނދުތަކުން ގަވަދާރުގައި މަސްވެރިކަން ކުރުމުގެ ސަބަބުން އެމީހުންނަށް އެފުރުސތުވެސް ގެއްލިފައިވާ ކަމަށެވެ.

ގަވަދާރުގައި އަންހެނުން ވަނީ އެމީހުންގެ ޅަދަރިންވެސް މުޒާހަރާކުރާ މީހުންނާ ބައިވެރިކޮށްފައެވެ.

ޗައިނާއިން ބުނެފައި ވަނީ ގަވަދާރު މީހުންނަށް ފަހިވާ ގޮތަށް މަޝްރޫއުތައް ހިންގުމަށް އިސްކަން ދޭން ވިސްނާ ކަމަށެވެ.