އަފްޣާނިސްތާންގެ އަންހެނުންގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަކީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ބައެއް ކަމުގައި ޔުނިސެފުން ބުނެއެވެ. އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ފަށާފައިވާ ކެމްޕޭނާ ގުޅިގެން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އަފްޣާނިސްތާންގައި ނިސްބަތުން ކޮންމެ ދެ ގަޑިއަކުން ވިހެއުމުގެ ތެރޭގައި އަންހެނަކު މަރުވެއެވެ.

ޔުނިސެފުން ބުނާ ގޮތުން ބައިނަލްއަގްވާމީ އިދާރާތކުން ފިޔަވަޅު ނާޅައިފިނަމަ، އަފްޣާނިސްތާންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ.

އަފްޣާނިސްތާންގައި ތާލިބާންގެ ވެރިކަން އައުމުން ގިނަ އަދަދެއްގެ މީހުން ވަނީ ބިކަވެ މަގުމަތި ވެފައެވެ. މިއިން 80 އިންސައްތަ މީހުންނަކީ އަންހެނުންނެވެ.