ކޮވިޑް-19 ބަލީގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 6:29 ގައި މަރުވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މިއީ ރާއްޖޭގެ 254 ވަނަ ކޮވިޑް މަރެވެ.

އިއްޔެ ވެސް ރާއްޖެއިން ކޮވިޑް ޖެހެގެން ދެ މީހަކު މަރުވި އެވެ. އެއީ ހއ. ތުރާކުނު އަދި ދ. ކުޑަހުވަދޫންނެވެ.